ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކޮށް، ބިންތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އިއްޔެ ފަށައިފިއެވެ.
މިނިސްޓްރީއިން އިއްޔެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް އިއްޔެ ފަށައިފައިވާ ކަމަށް ވަނީ ބުނެފައެވެ.
ބިންވެރިޔާގެ ސްކީމް ދަށުން ރައީސް މުހައްދަމު ސާލިހް ސަރުކާރުގައި، މަދުވެގެން 2000 ގޯދި ދޫކުރަން ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މި އަދަދު އިތުރުކޮށް 3520 ގޯތި ދޫކުރުމަށް ނިންމާފައެވެ. މި އަދަދުތެރޭގައި ގިރާވަރުފަޅުން ދޫކުރި ގޯތި ގުޅީފަޅަސް ބަދަލުކުރަން އެދުނު މީހހުން ހިމަނާފައިވެއެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހު ފެށިއިރު މިހާތަނަށް 1،260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވެއެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން އެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު މިިނިސްޓްރީން އިއްޔެ ބުނީ އިން ވަކިކޮށް ނިމޭ ބިންތައް އޭގެ ވެރިފަރާތްތަކާ މިނިސްޓްރީން ގުޅައި ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފުތާ ފެށޭނެ ކަމަށެވެ.
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ ދެ ބިލިއަން ރުފިޔާއަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ.




ގުޅުންހުރި
އެކަނިވެރިންނަށް 100 ފުލެޓު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް 100 ފުލެޓު
އަލަތު ކައިވެނިކުރާ ފަރާތްތަކާއި ޒުވާން އާއިލާތަކަށް 250 ފްލެޓް
ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅާލާ ބުރިޖުގެ ފަންނީ ލަފާދިނުން އެއް
އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދީފައިވޭތޯ ބަލަން ފްލެޓްތައް ބަލައި ފާސްކުރަން ފަށަނީ
ގެޒެޓްގައިވާ ލިސްޓާ ހިލާފަށް އެއްވެސް ފަރާތެއް ލިސްޓަށް އިތުރެއް ނުކުރަން: މުއްތަލިބް
ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓް އެއްބަސްވުމުގައި ސޮއިނުކުރާ ފަރާތްތަކަށް އަންނަ ހަފުތާގައި ފުރުސަތުދެނީ