އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ސިޓީ ހޮޓާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު 20 މިލިއަން ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ރުފިޔާ) އަށް އަގުކޮށް، ހުޅުމާލެ 2 ގެ ބިމަކާ ބަދަލުކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ ހޮޓާ ބަދަލުކޮށް، މިދިޔަ އާދިއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މި މުއާމަލާތާ ގުޅިގެން އެސްޓީއޯގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފުސީލު، 2025 ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ހޮޓާ ތަރައްގީކުރަން ދީފައިވާ ބިމުގެ ބަދަލުގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ހުޅުމާލެއިން ބިމެއް ދިނުމަށް ނިންމާފައިވާ ކަން ހާމަކުރީ މި އަހަރު ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގަ އެވެ.
އޭރު އިއުލާންކުރީ، އެ ބިން ހުޅުމާލެ 3 އިން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް ލިބެނީ 40،000 އަކަފޫޓަށް ވުރެ ކުޑަ ނޫން ބިމެއް ކަމަށްވެސް އެސްޓީއޯ އިން އޭރު ބުންޏެވެ.
ނަމަވެސް ހުޅުމާލެ 2 އިން އެސްޓީއޯ އަށް ލިބުނީ ކިހާވަރެއްގެ ބިމެއް ކަމެއް ނުބުނެ އެވެ. އަދި އެ ބިން އެސްޓީއޯ އިން ތަރައްގީކުރަން ނިންމާފައިވަނީ ކިހިނެތް ކަމެއްވެސް އަދި ނުނިންމަ އެވެ.
އެސްޓީއޯ އިން ޓޫރިޒަމަށް ނުކުންނަން ބޭނުންވެ ހުޅުމާލޭގައި 250 ކޮޓަރީގެ ހޮޓަލެއް ހަދަން ބިން ނެގީ 25 އަހަރަށެވެ. އަދި އެތަން ނަގާފައިވަނީ 2033 ވަނަ އަހަރާ ހަމައަށެވެ.
އެ ބިމުގައި ހޮޓާ އަޅަން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާއެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހޮޓާ އިމާރާތް ކުރަން ފެށީ 2011 ވަނަ އަހަރު އެވެ. އެ ހޮޓާ ހިންގަން އޭރު ނިންމީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ ”ރެޑިސަން ބްލޫ“ގެ ދަށުންނެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން 2018 ވަނަ އަހަރު އެތަން ވިއްކާލަން ނިންމި އެވެ.

ގުޅުންހުރި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީގެން އުޅޭ ފްލެޓް ވެރިންނަށް އެޗްޑީސީން
މޯލްޑިވްސް ގޭހަށް 26 އަހަރު ފުރުން ފާހަގަކުރުމަށް މުވައްޒަފުންނާއެކު ހާއްސަ ހަފުލާއެއް
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ކާބޯތަކެތި މި މަހު 15ގެ ފަހުން