ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއު.ޑީ.ސީ) މިހާރު ދޭ ބަޖެޓް ދެ ގުނަ ބޮޑުކުރައްވަން ނިންމަވައިފިއެވެ.
މިކަމަށް ނިންމެވީ އަންހެނުންގެ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމާއި، މުޖުތަމަޢުގެ ތަރައްގީގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމުގެ ކުރިން އަންހެނުންގެ ކޮމިޓީތަކާ ގުޅޭ މުހިއްމު ދެ ބަދަލެއް ގެންނަވާނެ ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ކޮމިޓީތަކަށް އެމީހުންގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ މާލީ ވަސީލަތްތައް އިތުރަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ގެންނަވާނެ ކަމަށް ނިންމެވި އެއް ބަދަލަކީ، ކައުންސިލްތަކަށް ދޭ ބަޖެޓުގެ ފަސް ޕަސެންޓް އަންހެނުންގެ ކޮމިޓީއަށް ދޭންޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އެ ކޮމިޓީތަކަށް ދޭ ބަޖެޓް ދިހަ ޕަސެންޓަށް ބޮޑުކުރުމެވެ. މިއީ އަންހެނުންގެ ކޮމިޓީތަކުން ހިންގާ ތަރައްގީގެ މަޝްރޫޢުތަކާއި ހަރަކާތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
ދެވަނަ ބަދަލަކީ، އަންހެނުންގެ ކޮމިޓީތަކަށް މިހާރު ދޭ ބަޖެޓްގެ ތެރެއިން ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމުގެ ބަދަލުގައި، ކައުންސިލްގެ އާންމު ބަޖެޓުން އެ އިނާޔަތް ދޭ ގޮތަށް ހަމަޖެއްސުމެވެ. މި ބަދަލުގެ ސަބަބުން ކޮމިޓީތަކުގެ މަސައްކަތު ބަޖެޓަށް ބުރައެއް ނާރާނެ ކަމަށް ލަފާކުރެވެއެވެ.



ގުޅުންހުރި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި