އައްޑޫ ސިޓީގެ މަރަދޫފޭދޫއަށް މިއަދު ހެނދުނު ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، ނަގޫރޯޅި އެރީ މިއަދު ހެނދުނު މީގެ ބައިގަޑިއެއްހާއިރު ކުރިން ކަމަށާއި، މިހާރު ރަށަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ގެއްލުންތަކުގެ ތަފްސީލް އެނގޭނީ މި މަސައްކަތް ނިމުމުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުންދިން މައުލޫމާތަށް ބަލާއިރު، މި ނަގޫރޯޅީގައި ރަށުގެ ހިނަވާގޭގެ ފުރާޅު އެއްލާލާފައިވާ އިރު، މީހުން ދިރިއުޅޭ ތިން ގެއެއްގެ ފުރާޅަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން، ބައެއް ގޭގޭގެ ވަށާ ފާރު ވެސް ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާގައި މިހާތަނަށް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ރަށަށް ލިބުނު ގެއްލުންތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ގުޅުންހުރި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!
އައްޑޫ ގެއެއްގެ ތެރޭ ދެ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
ނަޝީދުގެ ހިޔާލެއް: އައްޑޫގައި ވަޒީފާ އަދާކުރާ ގޮތަށް ފަންނީ އަދި ތައުލީމީ
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓުގައި ބޭނުންވާ ވަކި ނަތީޖާއެއް
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މި މަހު 24ގައި
ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި