ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާއެއް އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާ ބާއްވަން ނިންމާފައިވަނީ ޕީއެންސީ (ޕީޕަލްސް ނެޝަނަލް ކޮންގްރެސް) ގެ މެންބަރުންތަކެއް އެދިގެންނެވެ.
މި ޖަލްސާ ބާއްވަން ތާވަލުކޮށްފައިވާއިރު، މިއީ މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ރެގިއުލޭޓްކުރަން ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭގޮތުން ބާއްވާ ޖަލްސާއެއް ކަމަށް ބެލެވެ އެވެ.
މީޑިއާ ކޮންޓްރޯލު ކުރާ މި ބިލުގެ މަސައްކަތް ނިންމަން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ކަނޑައަޅާފައިވާ ސުންގަނޑި ވެސް އަންނަ ހޯމަ ދުވަހަކީ ކަމަށްވުމުން، މި ޖަލްސާއަކީ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭއްވޭ ޖަލްސާއެއްކަން ފާހަގަކޮށްލެވެ އެވެ.
މިހާރު ރައްޔިތުންގެ މަޖިލީސް އޮތީ ޗުއްޓީގަ އެވެ.
މަޖިލީހުގެ ރަސްމީ ދައުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު އެވެ.
މީގެ ކުރިން ވެސް މި މީޑިއާ ބިލުގެ ބަހުސް ތާވަލުކޮށް، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މިދިޔަ މަހު ވެސް ބާއްވާފައިވެ އެވެ. އެ ޖަލްސާ ވެސް ބޭއްވީ ޕީއެންސީގެ މެންބަރުންތަކެއް އެދިގެންނެވެ.




1 Comment
ގުޅުންހުރި
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި
މެސެޖާ ގުޅިގެން މައާފަށް އެދިފައިވަނިކޮށް، އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކޮށްފި