ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދެމުން އަންނަ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުގެ މެންބަރުންނާ ހިއްސާކުރައްވައިފި އެވެ.
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕަށް ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައްޔިތުންވެސް ބޭނުންވަނީ ކުރީގެ ރަަައީސުންނާއި ކުރީގެ މަޖިލިސް މެންބަރުންގެ އިނާޔަތް ކުޑަކުރަން ކަމަށެވެ.
”އަޅުގަނޑަށް ފެންނަނީ މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބަވާ ކުރީގެ އެމްޕީންނަށް މިހާރު ގާނޫނުން ދޭ ފައިސާގެ އަދަދު މަދުކުރަން. އަދި ކުރީގެ ރައީސުންނަށް ދޭ އަދަދު މަދުކުރަން. ރައްޔިތުން އެދެނީ އެ ގޮތް. އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަންދޫބުން، ޚާދިމުން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އެގޮތަށް ވިދާޅުވުމުން ޕީއެންސީގެ ގިނަ މެންބަރުން ވަނީ އެކަމަށް ތާއީދު ކުރައްވައިފަ އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ދެކޮޅު ހެދި މެންބަރުން ވިދާޅުވީ ކުރީގެ މެންބަރުންގެ އިނާޔަތް މަދުކޮށްފިނަމަ ކުރިއަށް އޮތް އިންތިހާބުތައް ޕީއެންސީއަށް ގެއްލުމުގެ ނިސްބަތް ބޮޑުވެގެންދާނެ ކަމަށެވެ.

ގުޅުންހުރި
ފީފާގެ ރައީސް އާއި ރައީސް މުއިއްޒުގެ ފުޓްބޯޅަ މެޗެއް މާދަމާ
ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ދޭނަން:
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފި
އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކުރުމާއި ތެލަސީމިއާ ކުދިންގެ އެލަވަންސް އަންނަ އަހަރުގެ
ރައީސް ސާފުކޮށްދެއްވީ އައްޑޫން ވަކި ކައުންސިލުތައް ހެދުމުން ލިބޭނެ ފައިދާތައް
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ކުލާސްރޫމްތައް