ނޭޕާލު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން އިއްޔެ ކުރި މުޒާހަރާ ހޫނުވެ އެންމެފަހުން ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނޭޕާލްގެ ޒުވާނުން މުޒާހަރާއަށް ނުކުތީ އެ ގައުމުގެ ސަރުކާރުން ފޭސްބުކް، ވަޓްސްއެޕް، އިންސްޓާގުރާމް ފަދަ ސޯޝަލްމީޑިއާ އެޕްތައް ބޭންކުރުމުންނެވެ. ނަމަވެސް ފަހުން މުޒާހަރާ ހޫނުވެ، މުޒާހަރާގެ ބައިވެރިން ވަނީ އެ މީހުން ނުކުތީ ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެފަ އެވެ. އެ މުޒާހަރާތަކުގައި 19 މީހުން މަރުވެފައިވާއިރު 400 މީހުންނަނަށް ވަނީ އަނިޔާވެފަ އެވެ.
”ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް … ބޮޑުވަޒީރުކަމުގެ މަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން،“ އުމުރުން 73 އަހަރުގެ ބޮޑުވަޒީރުގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވި އިރު، ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ނޭޕާލްގެ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ބޭން އުވާލައިފަ އެވެ.




ގުޅުންހުރި
ޔާމީން، މުއިއްޒަށް: އިގުތިސާދު އޮތީ ކޮޅަކަށް ނޫން، އިގުތިސާދާއި ކޮރަޕްޝަން ވެސް
މާލޭގެ ކައުންސިލަރުން ޝަރުތު ހަމަވަނީ ދިމްޔާތުގެ ބަދިގެ ބަލަހައްޓަން: ޔާމީން
ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނީ ޒަރިއަންދު!
ކައުންސިލު އިންތިހާބަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ގައި
ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރިމަތިލައްވަނީ މޫސާ އަލީ ޖަލީލު!
މެންދަމުން ފެށިގެން ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލު ކުރަން ރައީސް