ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރެވޭނެކަމަށް ބެލެވޭ މާއްދާތަކެއް ހިމެނޭ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލް ދިރާސާކުރުމަށް ބޭއްވި މަޖިލީހުގެ ކޮމިޓީ ސިއްރުކޮށްފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި މި ބައްދަލުވުން ސިއްރުކުރުމަށް ނިންމާފައި ވަނީ، ކުރިން އެ ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނީ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ބުނެފައި ވަނިކޮށެވެ.
ކޮމިޓީ ސިއްރުކުރަން ހުށަހެޅީ ބިލާ މެދު އާންމުންގެ ފަރާތުން ލިބިފައިވާ ކޮމެންޓްތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށް ބުނެއެވެ. ކޮމިޓީގެ މުގައްރިރު، ހުސެއިން ރިޒާ ވިދާޅުވީ، ބިލުގެ ކޮންމެ މާއްދާއަކަށް ވެސް 10-12 ކޮމެންޓް އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
މީގެކުރިން ވެސް މި ކޮމިޓީން ވަނީ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހާއި، ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާ އެކު ތާވަލުކުރި ބައްދަލުވުންތައް ކެންސަލްކޮށްފަ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މި ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެހެންނަމަވެސް، މި ހުރިހާ ކަންބޮޑުވުންތަކެއް ހުރި އިރުވެސް، ދައުރުން ބޭރު ޖަލްސާއެއްގައި މަޖިލީހުން އެ ބިލް ވަނީ ބަލައިގެންފަ އެވެ.




ގުޅުންހުރި
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި
މެސެޖާ ގުޅިގެން މައާފަށް އެދިފައިވަނިކޮށް، އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކޮށްފި