ކުރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ހެކީންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުވާތީ، ފުލުހުން މިއަދު މާލޭގައި އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން މިއަދު އެފަދަ އޮޕަރޭޝަނެއް ހިންގަމުންދާކަން ހާމަކުރި ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ނަމަވެސް އެ އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ ފޮޓޯތަކުން، ނުރައްކާތެރި ހާލަތެއް ދިމާވެދާނެ ފަދަ ހާލަތްތަކުގައި ހަރަކާތްތެރިވާ ސްވަޓް ފުލުހުން މާލޭގެ ގުދަނެއް ކައިރީގައި ތިބޭ މަންޒަރު ފެނެއެވެ.



