ސުލްހަވެރި ގޮތުގައި ފަލަސްތީންގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާގުޅޭ ގަރާރު ކަމަށްވާ ”ނިއުޔޯކް ޑެކްލެރޭޝަން“ އދ. އިން ފާސްކޮށްފި އެވެ.
”ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން“ ގަރާރު ބަލައިގަންނަން ނިންމީ މިއަދު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ.
މި ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން 142 ގައުމުގެ ތާއީދާއެކުގައެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެ އެވެ. މި ގަރާރާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ ހިމެނޭ ގޮތަށް 10 ގައުމުން ވޯޓުދިން އިރު. 12 ގައުމަކުން ވަކިކޮޅަކަށް ވޯ ޓުދޭން ބޭނުންނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މި ގަރާރަކީ މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް ސަޢޫދީ އަރަބިއާ އާއި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް ފޮ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަންގެ ނަތީޖާ ޑޮކިއުމަންޓެވެ.
މި ގަރާރުގެ ދަށުން ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް ދޫކޮށްލައި ފަލަސްތީން އޮތޯރިޓީއަށް ހަތިޔާރު ހަވާލުކުރުމަށް ގޮވާލާފައިވެ އެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ސުލްހަވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން