މަސްވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޒަރީރު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ޕީސީބީން މިއަދު އެ މަގާމަށް އައްޔަންކުރެއްވީ އދ. މާމިގިލީ ޖަވާހިރުވާދީ، ޑރ. މުހައްމަދު އިބްރާހިމެވެ.
އޭނާއަކީ ކުރިން ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ޑްރަގް ކޯޓުގެ އިސް މަގާމެއް އަދާކުރެއްވި ބޭފުޅެކެވެ.
އެ މަގާމަށް މުހައްމަދު އިބްރާހީމް އައްޔަންކުރެއްވީ މީގެ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި އަހްމަދު ޒަރީރު، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ މަހު އައްޔަންކުރުމާ ގުޅިގެންނެވެ.



