އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޝާހްޖަހަންޕޫރުގެ ކޯރެއް ކައިރީގައި އެއް މަސް ނުފުރޭ ކުޑަކުއްޖަކު ދިރިހުއްޓާ ވަޅުލާފައި އޮއްވައި ފެނިއްޖެ އެވެ.
ފޫޓެއްހާ ފުން ވަޅުގަނޑެއްގެ ތެރޭގައި އުމުރުން އެންމެ 15 ދުވަހުގެ އެ ކުއްޖާ ވަޅުލާފައި އޮއްވައި ފެނުނީ ކުއްޖަކު ރޯއަޑު އިވިގެން ހޯދަމުން ދަނިކޮށް, އެ ކުއްޖާގެ އެއް އަތް ބޭރުގައި އޮއްވަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ކުއްޖާ ފެނުނީ އެ ސަރަހައްދުގައި ބަކަރިތަކަށް ކާން ދޭން އުޅުނު ޒުވާނަކަށެވެ. އެ ޒުވާނާ ކުއްޖާ ވަޅުގަނޑުން ނެގި އިރު ހަރަކާތް މަދު ކަމަށް ފެންނާތީ ފުލުހުންނަށް އެކަން އެންގި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ ކުއްޖާ ގެންދިޔަ ކޮމިއުނިޓީ ހެލްތް ސެންޓަރާ ހަވާލުވެ ހުންނެވި ޑރ. ނިތިން ސިންގް ވިދާޅުވީ, ކުއްޖާގެ އަގައާއި ނޭފަތަށް ޗަކަ އެޅިފައި ހުރުމުން ކުއްޖާގެ ހާލު ވަރަށް ދެރަ ކަމަށެވެ. އަދި ކުއްޖާއަށް އިތުރު ފަރުވާ ބޭނުންވާތީ ސަރުކާރުގެ މެޑިކަލް ކޮލެޖަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ބުނީ, ކުއްޖާ ދިރިހުއްޓާ ވަޅުލި މީހާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ކުއްޖާ ފެނުނު ސަރަހައްދުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖުތައް ބަލައި, ހޮސްޕިޓަލްތަކުން މައުލޫމާތު އެއްކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ގުޅުންހުރި
ސްކޭމްތަކާ ގުޅިގެން މާފުށި ޖަލުގައި އޮޕަރޭޝަނެއް، 33 ފޯނާއި އިލެކްޓްރޯނިކް ސާމާނު
މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުންޏަށް އާ އެމްޑީއެއް
”އެޓާނަލް ލަވް“ގެ އެކްޓަރު އިމާރާތަކުން ވެއްޓި މަރުވެއްޖެ
ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށަށް
130 ކިލޯގެ ޑްރަގު މައްސަލައިގައި ހައްޔަރުކޮށް ދޫކޮށްލި ޝަހީބު ކޯޓަށް ހާޒިރުނުވާތީ
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު