ނޮވެމްބަރ 4, 2025

ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރާކަށް ނޫޅެން: ރައީސް

ރައްޔިތުންގެ މަޖިލީހުން ފާސްކުރި  މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރާނެ ކަަމަށް އެކިއެކި ފަރާތްތަކުން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވ. އަތޮޅު ފެލިދޫއަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ރައީސްވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނާ ގުޅިގެން ނޫސްވެރިންނާއި އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް ރައްދު ދެއްވައިފައެވެ.

އެގޮތުން އެ މަނިކުފާނު ވިދާޅުވީ މީޑިއާ ގާނޫނާ ގުޅިގެން އެކިއެކި ފަރާތްތަކުން ދަނީ ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

”ހަގީގަތް ނުބަލައި ސޯޝަލް މީޑިއާ ބޭންކުރަނީއޭ ކިޔައިގެން ފިތުނަ ފަސާދަ މި އުފައްދަނީ. ފިތުނަ ފަސާދަ އުފެއްދުން އެއީ ނުބައިކަން ބޮޑުވެގެންވާ ކަމެއް. ފިތުނަ ފަސާދަ މި ގައުމުގައި ފަތުރާކަށް ފުރުސަތެއް ނުދޭނަން. މިހުރީ މާތް ﷲ ގަންދީ ހުވައެއްކޮށްގެން. އިސްލާމްދީނާ އެއްގޮތަށް މި ގައުމުގައި ކަންކަންކުރުމަށް. ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތް ހިންގަން އަޅުގަނޑާ ހަވާލުކޮށްފައި މިއޮތީ. އެކަމުގައި އަޅުގަނޑު އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅަން.“ ރައީސް ވިދާޅުވި އެެވެ.

މީޑިއާ ގާނޫނުން ބާރު އަޅަނީ ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

”ބޭނުން ވާހަކައެއް ދައްކަމުން ދާންވީ، އެހެން ނަމަވެސް މިއީ އިސްލާމީ ގައުމެއް ކަމަަށްވާތީ، އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކެއް ހުރީމަ، އެ ހަމަތައް ހިފަހައްޓަން ޖެހޭ ހަމަޖެހުން ގާއިމް ކުރުމަށްޓަކައި، އަޅުގަނޑުމެން ކޮންމެ މީހަކީ އަބުރަކާއި އިއްޒަތެއް ލިބިގެންވާ މީހެއްކަން އެންމެން ގަބޫލު ކުރަން ޖެހޭ، މި ގައުމުގައި ހަމަޖެހުން ގާއިމްވެގެން ދާނީ އަޅުގަނޑުމެން ކޮންމެ މީހަކު އަނެކާއަށް އިހްތިރާމް އަދާކުރަން ދަސްކުރި ދުވަހަކުން، އަޅުގަނޑުމެން ކޮންމެ މީހެއްގެ އަބުރާއި އިއްޒަތް އޮތް ފަދައިން، ހަމަ އަނެކާގެވެސް އަބުރާ އިއްޒަތް އޮތްކަން އެއީ ހަމަ އިލާހީ ގާނޫނުގެ މަތިން ބާވައިލެއްވި ގޮތްކަން ކީރިތި ގުރުއާންގައި ބަޔާން ކޮށްފައި އޮތް ތެދު ހަގީގަތެއްކަން އަޅުގަނޑުމެން ގަބޫލު ކުރި ދުވަހަކުން،“. ރައީސް ވިދާޅުވި އެވެ.

”އެއްވެސް ހިފެހެއްޓުމެއް ނެތް، ހުރިހާ ކަންމެއް ވެސް ލިޔަންވީ. ދޮގު ވާހަކައެއް ނުލިޔެވޭނެ. ޙަޤީޤަތް ބެލުމެއްނެތި ނުލިޔެވޭނެ. އެއީ ރައްޔިތުން ޤަބޫލުކުރާކަމެއް ނޫން. ހަމަނުޖެހުން އިޢާދަވެގެންދާކަށް ބޭނުމެއް ނޫން. ބޭނުންވަނީ އެއްބައިވަންތަ އިހުތިރާމްކުރާ ޤައުމަކަށްވާން. އެކަން ނަގާލުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ.“

6 Comments

  • މުޙައްމަދު މުބާރިކް ސެޕްޓެމްބަރ 20, 2025

    Tibuna bahuga nei ehves ithubaareh varah sorry 😞

  • Ismail Isse ސެޕްޓެމްބަރ 20, 2025

    Raees bunee sarukaarun husaelhi bill ehves nooney

  • އަޙުމަދު ޢާދިލް ސެޕްޓެމްބަރ 20, 2025

    Verikamah annan dhehkivaaahakayaaa amalaaa nubahdhaluveeema dhen mihaaaaraku kuraaane ithubaaareh neh. Sorry

  • އަޙުމަދު ޢާދިލް ސެޕްޓެމްބަރ 20, 2025

    Hiyehnuvey kureveyne henehves 🤣

  • Lathyf Mohamed ސެޕްޓެމްބަރ 20, 2025

    Mihen buneeyaa kuraane kan yageen

  • Nanni Neen ސެޕްޓެމްބަރ 20, 2025

    Kaley thee thedheh hadhaa lhae tha

Leave a Reply