އިނގިރޭސި ވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިއާ އިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މިއަދު ރަސްމީކޮށް ބަލައިގަނެ އެކަން އިއުލާނުކޮށްފި އެވެ.
އެކަން އިއުލާން ކުރައްވަމުން ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ, ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމީ ފަލަސްތީނަށާއި އިޒްރޭލަށް ސުލްހަވެރި މާދަމާއެއް ހޯދައިދިނުމަށް ވެފައިވާ ވައުދުގެ ދަށުން ކަމަށެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީސް ވެސް ވިދާޅުވީ އެ ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމީ ދެ ދައުލަތުގެ ހައްލު ހޯދައިދޭން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި އެކަމަށް ކުރާ މަސައްކަތުގައި ހަމާސްގެ އެއްވެސް ދައުރެއް ފަލަސްތީނުގައި އޮވެގެން ނުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ޔޫކޭގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ, އެ ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމީ ފަލަސްތީނާއި އިޒްރޭލު ރައްޔިތުން ސުލްހަޔަށް ކުރާ އުންމީދު ދިރުވުމަށް ކަމަށެވެ.
މި ތިން ގައުމުންވެސް މިކަން އިއުލާންކޮށްފައި މިވަނީ މި މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިތުރު 10 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައި ވަނިކޮށެވެ.




ގުޅުންހުރި
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް