ޣައްޒާ ހަނގުރާމައާ ގުޅިގެން ސޯޝަލް މީޑިއާގައި ޕޯސްޓަކާ ގުޅިގެން ވަޒީފާ އިން ވަކިކުރި އޮސްޓްރޭލިއާ ނޫސްވެރިއަކަށް 98،900 ޑޮލަރުގެ ބަދަލެއް ދޭން އަންގައިފި އެވެ.
އޮސްޓްރޭލިއަން ބްރޮޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ)ގެ ރޭޑިއޯ ހޯސްޓް އެންޓޮއިނެޓް ލަތޫފް، ޑިސެމްބަރު 2023 ގައި ވަޒީފާ އިން ވަކުކުރީ ޣައްޒާ ހަނގުރާމައާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗުން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއަކަށް ކުރި ކޮމަންޓަކާ ގުޅިގެންނެވެ.
އޭނާގެ ކޮމެންޓުގައި ބުނެފައިވަނީ އިޒްރޭލުން ބަނޑުހައިހޫނުކަން ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ.
ލަތޫފްއަށް ބަދަލުގެ ގޮތުގައި 98،900 ޑޮލަރު ދައްކަން ކުރި އަމުރުގައިވާ ގޮތުން އެ ފައިސާ 28 ދުވަހުގެ ތެރޭގައި އޭނާއަށް ދައްކަންޖެހޭނެ އެވެ. އޭބީސީން ވަނީ މި އަހަރުގެ ތެރޭގައި އޭނާއަށް 46،100 ޑޮލަރުވެސް ދީފަ އެވެ.
މިކަމާ ގުޅިގެން އޭބީސީން ވަނީ ލަތޫފަށް މައާފަށް އެދި އެ ނޫހުގެ ސްޓާފުންނާއި އޯޑިއެންސް ފެއިލްކޮށްލެވުނު ކަމަށް އެއްބަސްވެފަ އެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
ދިވެހިންގެ އެހީގައި ގާޒާގައި އިތުރު ވަގުތީ މިސްކިތެއް
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް