ތ. ވިލުފުށީގައި އަޅާ އެއާޕޯޓް މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރިސޯޓް ހަދާނެ ރަށެއް ދޭ އުސޫލުން، ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ޖުލައި 2023 ގައި ހަވާލުކުރި އެވެ. ނަމަވެސް ވެރިކަން ނިމުނުއިރުވެސް އެ މަސައްކަތެއް ނުފެށުނެވެ.
އޭގެ ފަހުން މި ސަރުކާރުން 19 އޭޕްރިލް 2024 ގައި ވިލުފުށީގައި އެއާޕޯޓެއް އަޅަން އެމްޓީސީސީއާ ހަވާލުކުރި އެވެ. އެމްޓީސީސީއާ އޭރު ހަވާލުކުރީ ސަވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމުގެ މަސައްކަތެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުދެ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު އެވެ. ރަސްމިއްޔާތު ޝަރަފުވެެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް ފިނޭންސް މިނިސްޓްރީ އާއިމޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ.
މި މަޝްރޫއުގެ ދަށުން ވިލުފުށި އެއާޕޯޓް ތަރައްގީ ކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއެކު އެވެ. ނަމަވެސް އިތުރު ތަފުސީލެއް އެމްއޭސީއެލް އަކުން ހާމައެއް ނުކުރެ އެވެ.
ވިލުފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސްގެ ވައުދުފުޅެކެވެ. ވިލުފުށީ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ, ވިލުފުށީ އެއާޕޯޓަކީ ތ. އަތޮޅަށް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ. އެ މަޝްރޫއުގެ މަސައްކަތް ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި
އެމްއޭސީއެލް މުވައްޒަފުންނަށް މި އަހަރުވެސް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ
6 މަސްތެރޭ ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރުއައިގެ ހިދުމަތް ފަށާނަން: ރައީސް
ގުރައިދޫގައި އެއާޕޯޓް އަޅަން ހަވާލުކޮށްފި، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު
ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލަނީ، ރައީސް ވައުދުވީ ދޮޅު
ވީއައިއޭގެ އާ ޓާމިނަލުން އިންޑިއާގެ އެންމެ ބޮޑު އެއާލައިނަށް ހިދުމަތް ދޭން
އެމްޑަބްލިޔުއެސްސީން ކުމުންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި