ތައިލެންޑުގެ ވެރިރަށް، ބެންކޮކްގައި ހުންނަ ބެންކޮކް ހޮސްޕިޓަލް ކައިރިން ވެލިގަނޑު އަޑިއަށްގޮސް ”ސިންކްހޯލް“ އެއް އުފެދިއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، މިއަދުގެ ހެނދުނުގެ ވަގުތުގައި ފައިދަށުން ބިންގަނޑު އަޑިއަށްގޮސް އުފެދުނު ވަޅުގަނޑުގެ ފުންމިނުގައި 50 މީޓަރު އެބަ ހުއްޓެވެ. އެ ވަޅުގަނޑަށް ގިނަ ކާރުތަކާއި ކަރަންޓް ހޮޅިތައް ވަނީ ވެއްޓިފަ އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި އެ ވަޅުގަނޑު އުފެދުނީ ބެންކޮކް ހޮސްޕިޓަލް ކައިރީގައި ހަދާފައިވާ ރެއިލްވޭ ކޮންސްޓްރަކްޝަން ސައިޓްގެ ސަބަބުންނެވެ.
މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ މައި ފެންހޮޅި ފަޅައިގެން ގޮސް، ކަރަންޓު ކޭބަލްތައް ވެއްޓުމުގެ ސަބަބުން ގިނި ބުރާފައިވެ އެވެ. އެހެންކަމުން މި ސަރަހައްދުގައި ތިބި އާންމުންނާއި ބަލި މީހުން ވަނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ.




ގުޅުންހުރި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15
ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200