ފަލަސްތީންގެ ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުން އަންނަ ގްލޯބަލް ސުމޫދް ފްލޯޓިއްލާގެ ބޯޓުތަކަށް ހިމާޔަތް ދޭން އިޓަލީ އާއި ސްޕެއިނުން މަނަވަރު ފޮނުވަން ނިންމައިފި އެވެ.
ސުމޫދު ފްލޯޓިއްލާގެ ބޯޓުތަކަށް ހިމާޔަތް ދޭން ސްޕެއިން އާއި އިޓަލީން މަނަވަރު ފޮނުވަން ނިންމާފައި މިވަނީ ގްރީސް ގަވްޑޮވް ކިޔައި ރަށަކާ 56 ކިލޯމީޓަރު ދުރުން, ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދިން ޑްރޯން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ, ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ. އަދި ޣައްޒާއަށް އެހީގެ ތަކެތި ހިފައިގެންދާ ފްލޯޓިއްލާގައި ތިބި 45 ގައުމެއްގެ ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުލިބި މެޑިޓޭރިއަން އިން ދަތުރުކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ވިދާޅުވި އެވެ.
ސުމޫދު ފްލޯޓިއްލާގައި 45 ގައުމަކުން 50 އެއްހާ ބޯޓު ބައިވެރިވާއިރު އެ ބޯޓުތަކުގައި 500 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެ އެވެ. އެ އުޅަނދުތަކުގައި ދަތުރުކުރާ މީހުންގެ ތެރޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުންނާއި ވިލާތުގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ގައުމުތަކުގެ މަޝްހޫރު މީހުން ހިމެނެ އެވެ.
މި މަހުގެ ކުރީކޮޅު ސުމޫދު ފްލޯޓިއްލާގެ ބޯޓުތައް ތޫނިސްގައި ބަނދަރުކޮށްފައި އޮއްވައި, އެ ބޯޓުތަކަށް އަމާޒުކޮށްވެސް ޑްރޯން ހަމަލާތަކެއް ދީފައިވެ އެވެ.




1 Comment
ގުޅުންހުރި
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން
ވެރިކަމުން ދުރުކުރި މަޑަގަސްކަރައިގެ ރައީސްގެ ރައްޔިތުކަން އަތުލައިފި
އަންނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރާނަން, ކާމިޔާބުވެސް ކުރާނަން: ނަތަންޔާހޫ
އެއްބަސްވުމާ ހިލާފުވެ, އިޒްރޭލުން އެއް އާއިލާއެއްގެ 11 މެންބަރުން ޝަހީދުކޮށްލައިފި، ގިނައީ
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު