ކާމިޔާބު ހައުސްފުލް ޝޯތަކަކަށްފަހު ’ކަނބުލޮ‘ ފިލްމު، ވަދާއީ ޝޯތަކާއި ދިމާލަށް މިސްރާބް ޖަހައިފި އެވެ.
މި މަހުގެ 30ގެ ނިޔަލަށް އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ވަދާއީ ޝޯތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. މާލޭގެ އޮލިމްޕަސް ސިނަމާގައި މި ފިލްމުގެ ވަދާއީ ޝޯތައް އަޅުވަން ހަމަޖެހިފައިވަނީ ސެޕްޓެންބަރު 28، 29 އަދި 30 ގައެވެ.
ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެ ކާމިޔާބު ދިވެހި ފިލްމް ”ކަމަނާ“ އުފެއްދި ޓީމުން ހެދި ފިލްމު ”ކަނބުލޮ“ އޮލިމްޕަހުގައި އެޅުވީ މިދިޔަ އޯގަސްޓް 31 ގައެވެ.
”ކަނބުލޮ“ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ބެލުންތެރިން ސިފަކުރާ ގޮތުގައި މިއީ މި އަހަރު މިހާތަނަށް އެޅުވި އެންމެ މަގުބޫލު ފިލްމެވެ.
އެގޮތުން މިހާތަނަށް އޮލިމްޕަހުގައި އެޅުވި ހުރިހާ ޝޯތަކެއް ވަނީ ހައުސްފުލްވެފަ އެވެ. އަދި ތަރުހީބު ބޮޑުވެ، ދުވާލަކު ހައުސްފުލް ތިން ޝޯ ވެސް ދައްކަމުން އަންނައިރު މި ފިލްމް ވަނީ ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށްތަކުގައި އާއި ރިސޯޓް އަދި ލަންކާގެ އިތުރުން ބެންކޮކްގައިވެސް އަޅުވައިފަ އެވެ.
މި ފިލްމުން ދިވެހި މުޖުތަމައުއަށް ހެޔޮވަރު މެސެޖެއް ވަނީ ދީފަ އެވެ. އެގޮތުން ފިރިހެނުންނާއި އަންހެނުންނަށް ދޫކޮށްލި މެސެޖުން ކޮންމެ ”ކަނބުލޮ“ އަކަށް ހިމަޔާތްދީ ރައްކާތެރިކުރުމަށް ވަނީ ހަނދާން ކޮށްދީފަ އެވެ.
”ކަނބުލޮ“ ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު ”ޔުކްތާ“ ވާހަކައިގެ މައްޗަށް ތައްޔާރުކޮށް ސެޓާން ސުޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ކަނބުލޮ ފިލްމުގެ ޕްރޮޑިސަރަކީ ކާމިޔާބު ފިލްމް ”ކަމަނަ“ ފިލްމުގެ ޕްރޮޑިއުސާރ އަދި ސެޓާން ސްޓޫޑިއޯގެ ވެރިޔާ އަލީ ޝާނިޒް މުހައްމަދު އެވެ.

ގުޅުންހުރި
އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް އެޅުވުމަށްފަހު ”ކަނބުލޮ“ ހުޅުމާލެ ޝްވެކް ސިނަމާ އަށް
ނެޓްފްލިކްސްގެ ރަސްކަމުގައި ސައްޔާރާ, ރާއްޖޭގެ ޓްރެންޑިންގެ އެއްވަނަ ވެސް ހޯދައިފި
މަޝްހޫރު ޔޫޓިއުބާ އަންކަލް ރޯޖާ، އާންޓީއެއް ހޯދައިފި
”އެޓާނަލް ލަވް“ގެ އެކްޓަރު އިމާރާތަކުން ވެއްޓި މަރުވެއްޖެ
ގަތް ބިރުން ކަރިޝްމާ ޝަރްމާ ރޭލަކުން ފުންމާލައިފި، ބޮލަށް އަނިޔާތަކެއް!
”ކަނބުލޮ“ ފިލްމުގެ ވާހަކަ ފޮތް ވިއްކަން ފަށައިފި