މުއުމިނުންނަކީ ހަމައެކަނި އެ މީހުންގެ އަމިއްލަ ނަފުސަށްޓަކައި ދިރިއުޅޭ ބައެއް ނޫން ކަމަށާއި އެ މީހުންނަކީ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަން އެ މީހުންގެ އަހުންނަށްވެސް އެދޭ މީހުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ
”ދީން ރައްކާތެރިކުރުން“ މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އިސްލާމް ދީން, އޭގެ މައްޗަށް ބިނާވެގެންވާ ދެ މަސްދަރަކީ މާތް الله ގެ ކަލާމްފުޅާއި ކީރިތި ރަސޫލާގެ ސުންނަތް ކަމަށެވެ. ކީރިތި ޤުރުއާނާ ނުލައި ދީން ފުރިހަމަ. ނުވާ ފަދައން ސުންނަތާ ނުލައިވެސް ދީން ފުރިހަމަ ނުވާނެ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, އިންސާނުންނަށްޓަކައި މާތް الله ހިޔާރުކުރެއްވި ދިން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ, އަހަރެމެންގެ ވާޖިބެއްކަން ހަނދާންކުރަންޖެހޭ ކަމަށާއި އަންނާން އޮތް ޖީލުތަކަށް މި ދީނުގެ ސައްހަ އަގީދާ ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ޣައިރުދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން ބައިބައިކޮށް, އިސްލާމް ދީނާ މެދު އެކި ކަހަލަ ޝައްކުތައް އުފައްދައި, މި އުންމަތް ނިކަމެތިކޮށް, މުސްލިމުންގެ ވަހުދަތު ނަގައިލައި, އިސްލާމް ދީނާ މީސްތަކުން ބީރައްޓެހިކުރުމަށް ކަމަށްވެސް ބުންޏެވެ.
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތްވެގެންނެއް ނުވާނެކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެ މީހުންގެ ދީނީ އިހުތިފާލުތަކުގައި ބައިވެރިވުމާއި އެ މީހުންގެ އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ އިސްލާމީވަންތަކަން ގެއްލި, ދީނީ ޝަހުސިއްޔަތު ހަލާކުވެދާނެ ކަންކަން ކަމަށެވެ.
އަދި މުއުމިނުންނަކީ ނުބައި ކަންކަމުން އެ މީހުންގެ އަހުން ރައްކާތެރިކުރާ މީހުން ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ އިންސާނަކަށް ލިބޭނޭ އެންމެ ބޮޑު ނިއުމަތަކީ އިސްލާމްކަމުގެ ނިއުމަތް ކަމަށާއި އެހެންކަމުން އަންނަން އޮތް ޖީލުތަކަށް އިސްލާމް ދީން ފޯރުކޮށްދިނުމަށް އަހަރެމެންގެ ކާބަފައިންވި ފަދަ ގުރުބާނީތަކެއް ވެގެން ކަމަށެވެ.




ގުޅުންހުރި
އުފާވެރިކަން އައިސް އަތުގައި ހިފީއެވެ
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން