ތ. ގުރައިދޫގައި އަޅާ އެއާޕޯޓް 2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. ގުރައިދުއަށް ރައީސް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ގުރައިދޫ އެއަރޕޯޓް އަޅައި, އެ އެއަރޕޯޓް އޮޕަރޭޓް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ވަނީ ހަވާލުކޮށްފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދޫ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކާ ނިމިފައިވާތީ, މި މަސައްކަތް 22 މަސް ދުވަހުގެ ތެރޭގައި ނިންމައި 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު, މިނިވަންދުވަހު, ހުޅުއްވައިދެއްވާނެ ކަމަށެވެ.
އަދި ގުރައިދޫ އެއާޕޯޓަކީ އެ ރަށާއި އެ ސަރަޙައްދަށް ކުރިއެރުން ހޯދުމުގެ ވަރަށް މުހިންމު ދޮރޯއްޓެއް ކަމަށެވެ. އެހެންކަމުން މިއީ ތަރައްޤީގެ މުހިންމު ފެށުމެއް ކަމަށް ރައީސް ވިދާޅުވި އެވެ
ތ. އަތޮޅުގައި މިހާރު އެއާޕޯޓު އޮންނަނީ އެ އަތޮޅު ތިމަރަފުށީގަ އެވެ. އެ އެއާޕޯޓު ހުޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގައެވެ.
ގުރައިދޫ އެއާޕޯޓަކީ ތ. އަތޮޅުގެ ތިންވަނަ އެއާޕޯޓެވެ. އެ އަތޮޅުގައި މިހާރު އެއާޕޯޓެއް އޮންނަނީ އެ އަތޮޅު ތިމަރަފުށީގަ އެވެ. ތ. އަތޮޅުގެ ދެ ވަނަ އެއާޕޯޓް އަޅަން ނިންމާފައިވަނީ ވިލުފުށީގަ އެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އިިއްޔެ ވަނީ ފަށައިފަ އެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި