ފަލަސްތީނުގެ ބިން ފޭރުމަށްފަހު ޔަހޫދީން އާބާދުކޮށްފައިވާ ސަރަހައްދުތައް ބޭނުންކޮށްގެން ވިޔަފާރިކުރާ ކުންފުނިތަކުގެ އާ ލިސްޓެއް އދ. އިން ނެރެފި އެވެ.
މި ލިސްޓް އެންމެ ފުރަތަމަ އެކުލަވާލާފައިވަނީ 2020 ވަނަ އަހަރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ފާސްކުރި ގަރާރެއްގެ ދަށުންނެވެ. އެ ގަރާރުގައިވާ ގޮތުން ކޮންމެ އަހަރަކުވެސް ޑޭޓާބޭސް އަޕްޑޭޓްކުރަންޖެހެ އެވެ. ނަމަވެސް މި ލިސްޓު އދ. އިން އެންމެ ފަހުން އަޕްޑޭޓް ކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ.
މިފަހަރު ނެރުނު ލިސްޓުގައި 68 ކުންފުންޏެއް އިތުރުކޮށްފައިވާއިރު ލިސްޓުގައިވާ ކުންފުނިތަކުގެ އަދަދު ވަނީ 158 އަށް އަރައިފަ އެވެ. އެ ކުންފުނިތައް ނިސްބަތްވަނީ 11 ގައުމަކަށެވެ. މިފަހަރު ނެރުނު ލިސްޓުގައި ހިމެނޭ ބައެއް ކުންފުނިތަކުގެ ތެރޭގައި އެއާބީއެންބީ، ބުކިން.ކޮމް، އެކްސްޕީޑިއާ، ޓްރިޕްއެޑްވައިޒާ ހިމެނެ އެވެ.
ލިސްޓުން ނެގި ބައެއް ކުންފުނިތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގައި ރަޖިސްޓްރީކޮށްފައިވާ އޮންލައިން ޓްރެވަލް ކުންފުނި އޮޕޯޑޯ، ސްޕެއިންގެ އީޑްރީމްސް ހިމެނެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ބުނި ގޮތުގައި މި މައްސަލަ މިހާރު ވަނީ އިންޓަނޭޝަނަލް ޖަސްޓިސް ކޯޓް (އައިސީޖީ) އަށް ހުށަހަޅައިފަ އެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!