މިދިޔަ ހަފުތާގައި 46 އެކްސިޑެންޓް ވެފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ 21 އިން 27 އަށް މާލެއާއި ބްރިޖު އަދި ހައިވޭގައި 46 އެކްސިޑެންޓް ވެފައިވެ އެވެ.
އޭގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ވެފައިވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު އެވެ. އެ ދުވަހު 10 އެކްސިޑެންޓް ވެފައިވެ އެވެ.
މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓްތަކުގައި 11 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނުއިރު 45 ވެހިކަލަކަށް ގެއްލުން ލިބުނެވެ. އޭގެ އިތުރުން އެކްސިޑެންޓްތަކުގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން މާލޭގައި 39 އެކްސިޑެންޓް އަދި ބްރިޖު/ހައިވޭގައި 7 އެކްސިޑެންޓް ހިނގާފައިވެ އެވެ.
އެންމެ ގިނަ އެކްސިޑެންޓް ވެފައިވަނީ ސައިކަލާއި ކާރު ޖެހިގެންނެވެ. އެއީ 11 އެކްސިޑެންޓެވެ. ދެން އެންމެ ގިނަ އެކްސިޑެންޓް ވެފައިވަނީ ސައިކަލާއި ސައިކަލު ޖެހިގެންނެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި