ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފުކޮށް ވިއްކަން ފަށައިފި އެވެ.
މި ބްރޭންޑް ތައާރަފުކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެސްޓީއޯ އިން އެލްޖީ ބްރޭންޑް ތައާރަފުކޮށްފައިވަނީ ’އެލްޖީޓީވީ އިންޓްރޮޑިއުސިންގް އޮފާ’ގެ ނަމުގައި ވަރަށް ހާއްސަ އޮފާ އަކާއެކު އެވެ.
އަންނަ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި އޮފާގެ ދަށުން ވިއްކާ އެލްޖީ ޓީވީތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ.
އެލްޖީ ބްރޭންޑަކީ ދިވެހީންގެ މެދުގައި މަޝްހޫރު އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ.



