ޗެނަލް 13ގެ ކުރީގެ ސީއޯއޯ ސަމާހު، ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން ހޯދަނީ

ޗެނަލް 13ގެ ކުރީގެ ސީއޯއޯ ރ. އަލިފުށި/ ދޭލިޔާގެ، މުހައްމަދު ސަމާހު، ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

ފުލުހުން މިއަދު ބުނީ، ސަމާހު ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ އޭނާ ބަންދުގައި ބަހައްޓައިގެން 1 އޮކްޓޯބަރުގެ 10:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ ސަމާހުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.