ލ. ކައްދޫގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައަކީ މި އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައެކެވެ.
މި މައްސަލައިގައި މަރުވެފައިވަނީ ލ. މާވަށު/ މަރިޔަމް މޫސާ, 64އ އެވެ.
ފުލުހުން މިއަދު ބުނީ, މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި މި މަހުގެ 25 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ މައްސަލަ އިއްޔެ އެ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ/ ހޯރަވިލާ, މުހައްމަދު ނައުސާން, 37އ. ގެ މައްޗަށެވެ. އޭނާ ހައްޔަރުކުރީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނާ ގޮތުން މި މައްސަލައިގައި ދައުވާކުރަން ފޮނުވި ނައުސާން އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިންސް ނެތް މީހެކެވެ. އަދި ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކި ފަހަރު މަތިން ޖޫރިމަނާކޮށްފައިވާ މީހެކެވެ.




ގުޅުންހުރި
ޝަމްއާން ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކީ ބައްޕަ ދިން ފައިސާއިން ކަމަށްބުނެ
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި