ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލްއާ ގުޅިގެން ސްޓެލްކޯ މުވައްޒަފުންނަށް ހެލްތް ސްކްރީނިން ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
ދުޅަހެޔޮ ދިރިއުޅުމާއި ގުޅޭ ގޮތުން މުވައްޒަފުން ހޭލުންތެރިކޮށް، މުވައްޒަފުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ މުވައްޒަފުން ރަނގަޅު ސިއްހަތެއްގައި ތިބުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އަމާޒެކެވެ. އެހެންކަމުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ އަމާޒަށް ވާސިލުވެވޭނެ މަގެއް ކަމަށް ބުންޏެވެ.



