އިންޑޮނޭޝިއާގެ ޖާވާ އައިލެންޑުގައި ހުންނަ އިސްލާމިކް ބޯޑިން ސްކޫލެއް ވެއްޓި ތިިން ކުދިން މަރުވެއްޖެ އެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް އެޖެންސީ އޮފް ޑިޒާސްޓާ މެނޭޖްމަންޓާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ ހިނގި އެ ހާދިސާގައި 77 ކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް އަދިވެސް 38 ކުއްޖަކު އިމާރާތުގެ ދަށުގައި ތާށިވެފައިވާތީ އެ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސްކޫލް ވެއްޓުނުތަން ފެނުނު މީހަކާ ހަވާލާދީ މެނީލާ ޓައިމްސްގައި ބުނެފައިވާ ގޮތުން ސްކޫލް ވެއްޓުނުއިރު ކުދިން ތިބީ އަސްރު ނަމާދު ކުރުމަށް ޖަމާވެފަ އެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ މުހައްމަދު ސަޔާފީ ވިދާޅުވި ގޮތުގައި އިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ކެރޭނާއި އެކްސްކަވޭޓާ ބޭނުން ކުރަމުން އައި ނަމަވެސް، އިމާރާތުގެ ކޮންކްރީޓް ތަނބުތައް ހުރީ އެކަތި އަނެކަތި މައްޗަށް ވެއްޓިފަ އެވެ.
އެހެންކަމުން އެ އެއްޗެހި ނަގަން އުޅެފި ނަމަ ސަލާމަތުން ތިބި ކުދިންގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެެ ކަމަށް ވިދާޅުވި އެވެ.
މިއީ އިންޑޮނޭޝިއާގައި އެއްމަސްތެރޭގައި ވެއްޓުނު ދެވަނަ އިމާރާތެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!