ކާބޯތަކެތީގެ ސިނާާއަތަކީ މިހާރު އީޖާދީ އާ ކަންކަމަށް ބީރައްޓެހި ސިނާއަތެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި، މި ސިނާއަތަށް އެންމެ ބޮޑު އެއް ބަދަލެއް ގެނެސްފައިވާ އެއް އީޖާދަކީ ލިކުއިޑް ނައިޓްރޮޖެން އެވެ. އޭގެ އިންތިހާއަށް ދަށް ބޮއިލިން ޕޮއިންޓްގެ ސަބަބުން މަޝްހޫރުވެފައިވާ، ކުލައެއް ނުހުންނަ އަދި ވަހެއް ނުދުވާ މި ދިޔާ މާއްދާ އިން، ކައްކާ މީހުންނާއި ރެސްޓޯރަންޓްތަކާއި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ކާނާ ފިނިކުރުމާއި ރައްކާކުރުމާއި އަދި ހުށަހެޅުމުގެ ކަންކަން ވަނީ ބޮޑުތަނުން ބަދަލުކޮށްލައިފަ އެވެ.
ބަދިގެއިން ސުފުރާއަށް
އެންމެ މަތީ ފެންވަރުގެ ކެއުންތަކުގައި (ފައިން ޑައިނިންގައި) ލިކުއިޑް ނައިޓްރޯޖަން ވަނީ ވަރަށް މަގުބޫލުކަމެއް ހޯދައިފަ އެވެ. ޝެފުން ލިކުއިޑް ނައިޓްރޯގެން ބޭނުންކުރަނީ ޑެޒާޓްތައް ވަގުތުން ގަނޑުކުރުމަށާއި ދުންފަތި ނުކުންނަފަދަ ރީތި މަންޒަރުތައް އުފެއްދުމަށާއި އާދައިގެ ގަނޑުކުރާ ގޮތްތަކުން އުފެއްދުން ނުކުރެވޭނެ އާ ވައްތަރުގެ ކެއުންތައް ތައްޔާރުކުރުމަށެވެ. ލިކުއިޑް ނައިޓްރޯޖަން ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމްތައް ހުންނަނީ ވަރަށް މަޑުކޮށެވެ. މީގެ ސަބަބަކީ ބޮޑެތި ގަނޑުފެނުގެ ކްރިސްޓަލްތައް އުފެދިޔަ ނުދީ ވަރަށް އަވަހަށް ގަނޑުކޮށްދެ އެވެ.
ލިކުއިޑް ނައިޓްރޯޖެން އަކީ ކާބޯތަކެތި ތަފާތުގޮތްތަކަކަށް ހުށަހަޅަން ބޭނުންކުރުމުގެ އިތުރުން، އެފް އެންޑް ބީގައި ވަރަށް ފައިދާ ހުރި ރޯލެއް އަދާކުރާ އެއްޗެކެވެ. އެއީ އަވަހަށް ގަނޑުކުރަންޖެހޭ އަދި ފަސޭހައިން ހަލާކުވާ ތަކެތި ފްލޭޝް ފްރީޒް ކުރުމަށް ފުޅާކޮށް ބޭނުންކުރެ އެވެ. މީގެ ސަބަބުން ކާނާގެ ތާޒާކަމާއި ރަހައާއި އަދި ހަށިގަނޑަށް ފައިދާ ހުރި މާއްދާތައް ހިފެހެއްޓެ އެވެ. ގަނޑުކޮށްފައިވާ މޭވާ، ތަރުކާރީ އަދި ކަނޑުގެ ކާނާތައް ކަސްޓަމަރުންނާ ހަމައަށް ފޯރަނީ އެންމެ ރަނގަޅު ހާލަތުގައެވެ. މީގެ ސަބަބުން މި ތަކެތި ބޭނުންކުރެވޭ މުއްދަތު ދިގުވެ، ކާނާ ބޭކާރުވުން މަދުވެ އެވެ.
ލިކްއިޑް ނައިޓްރޯޖެން ބޭނުންކޮށް ފިނިކުރަންވީ ކީއްވެ؟
އާދައިގެ ކޫލިން އަދި ފްރީޒިން ނިޒާމްތަކާއި ލިކުއިޑް ނައިޓްރޮޖަން ތަފާތުވަނީ ކޮން ކަމެއްގެ ސަބަބުން ހެއްޔެވެ؟
- ހަލުވިކަމާއި އެކަށޭނެކަން: އެހެނިހެން ފްރީޒަރުތަކުގައި ފިނިކުރަން ގަޑިތަކެއް ނަގާއިރު، ލިކުއިޓް ނައިޓްރޯޖެން އިން ސިކުންތުކޮޅެއްގެ ތެރޭގައި ފިނިކޮށްލަދެ އެވެ.
- ފެންވަރު ރަނގަޅުވުން: އަވަހަށް ފްރީޒްކުރުމުގެ ސަބަބުން، ކާނާގެ ގޮތް، ރަހަ، އަދި ކާނާގެ ބައިތައް މާރަނގަޅަށް ދެމެހެއްޓި، ރައްކާތެރިކޮށްދެ އެވެ.
- ބޭނުންކުރެވޭ ގޮތްތައް ގިނަވެފައި ފަސޭހަވުން: ސީދާ ކާނާއަށްވެސް ބޭނުންކުރެވިދާނެ އެވެ. ނުވަތަ އުފުލުމާއި ރައްކާކުރުމަށްވެސް ބޭނުންކުރެވިދާނެ އެވެ.
- ތިމާވެއްޓާއި ރައްޓެހި: އެހެން ބައެއް ފިނިކުރާ މާއްދާތަކާއި ހިލާފަށް، ލިކުއިޑް ނައިޓްރޯޖަން އިން އެއްވެސް ނުރައްކާތެރި މާއްދާއެއް ޖައްވަށް ބޭރުނުކުރެ އެވެ. އަދި ބާކީ މާއްދާތައްވެސް ވައިގެ ތެރެއަށް ހިނދި، ހުސްވެެގެންދެ އެވެ.
- ހަރަދު ކުޑަ: ބޮޑެތި ކާބޯތަކެތީގެ މަސައްކަތްތަކަށް، ލިކުއިޑް ނައިޓްރޯޖަން އަކީ މެކޭނިކަލް ކޫލިން ނިޒާމްތަކަށްވުރެ އިތުބާރު ހުރި އަދި ހަރަދު ކުޑަ ބަދަލެކެވެ.
ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ގޮތެއް
މަތީ ފެންވަރުގެ ރެސްޓޯރެންޓްތަކުން ފެށިގެން ބޮޑެތި ކާނާ ޕްރޮސެސްކުރާ ފަރާތްތަކާ ހަމައަށް ލިކުއިޑް ނައިޓްރޮޖަން އަންނަނީ ކައްކާ ކެއުމުގެ އާލާތެއްގެ ގޮތުގަޔާއި އަދި ބޭނުންތެރި ހައްލެއްގެ ގޮތުގައި ހާއްސަ މަގާމެއް ހޯދަމުންނެވެ.
އާންމުންގެ ތެރޭގައި ތާޒާ، ރައްކާތެރި އަދި ބަލާލަން ރީތި ކާނާއަށް އޮންނަ ޑިމާންޑު އިތުރުވަމުންދާ ވަރަކަށް، ކާނާ އުފެއްދުމުގެ ސިނާއަތުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ލިކުއިޑް ނައިޓްރޯޖަން އިން މާބޮޑު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެ އެވެ. އާދައިގެ ފިނިކުރާ ގޮތްތަކަށްވުރެ ލިކުއިޑް ނައިޓްރޯޖަން ގައި ހުރި ހާއްސަ ފައިދާތަކާއެކު ލިކުއިޑް ނައިޓްރޮޖަންއަކީ ހަމައެކަނި ތަސައްވަރެއް ނޫނެވެ. އެއީ ކާބޯތަކެތީގެ ދުނިޔެ ކުރިއަށްވުރެ ބޮޑަށް ފިނިކޮށް، ތާޒާކޮށް އަދި އާ އީޖާދުތަކާއެކު ދެމެހެއްޓުމަށް ބާރުގަދަ ޓެކްނޮލޮޖީ އެކެވެ.

ގުޅުންހުރި
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
މޯލްޑިވްސް ގޭހަށް 26 އަހަރު ފުރުން ފާހަގަކުރުމަށް މުވައްޒަފުންނާއެކު ހާއްސަ ހަފުލާއެއް
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ކާބޯތަކެތި މި މަހު 15ގެ ފަހުން
އެމްއޭސީއެލް މުވައްޒަފުންނަށް މި އަހަރުވެސް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ
ސްޓެލްކޯއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވި ތިން ބޭފުޅަކު ރިޓަޔާކޮށްފި
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މާނު 12 އަހަރަށް ޖަލަށް!