މާލެ މަގުތަކުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިިިނިސްޓްރީން އެންގުމާ އެކު، މިހާރު ވިއްކާފައިވާ ޕާކިން ސްލޮޓުތައް އުވާލައި އެ ތަންތަން އާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.
މާލޭ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް ދޫކޮށްފައިވާ ސަރަހައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާތީ ޕާކިން ސްލޮޓު ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން މާލޭގެ މަގުތަކަށް ދިމާވެފައިވާ ހާސްކަން ފިލުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެ ތަނެއްގައި ކޮންމެ މީހަކަށް ވެސް ޕާކް ކުރެވޭނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޕާކިން ސްލޮޓު ދޫކުރުން ހުއްޓާލަން ނިންމީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީ އެވެ.
މާލެ ސިޓީ ކައުންސިލުން، މާލޭގެ އާންމު ޖާގަތަކުންނާއި ޕާކިން ޒޯންތަކުން ކުއްޔަށް ޕާކިން ސްލޮޓްތައް ދޫކުރަން ފެށީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. އޭރު ސްލޮޓުތައް ދީފައިވަނީ އާންމުންގެ ގިނަ ބަޔަކު އާންމުކޮށް ސައިކަލު ޕާކުކުރަމުންދިޔަ ސަރަހައްދުތަކުން ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން އޭރު ފާޅުކުރި އެވެ.




8 Comments
ގުޅުންހުރި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރެއްގެ މައްސަލަ ބަލަނީ
ޓެކްސީ ސެންޓަރު ރަޖިސްޓަރީކުރަން ލުއިތަކެއްދީ، އިސްލާހުތަކެއް ގެނެސްފި
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް