ފިލްމީ ތަރި ޔޫއްޕެ، ޕީއެންސީއަށް ސޮއިކޮށްފި

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފި އެވެ.

ޔޫއްޕެ ޕީއެންސީއަށް ސޮއިކުރީ މިރޭ އެ ޕާޓީގެ ހަރުގޭގައި ކުރިއަށްދާ ޖަލްސާގެ ތެރެއިންނެވެ.

އެ ޖަލްސާގައި ޔޫއްޕެ ޕީއެންސީއަށް ސޮއިކުރުމަށް ފަހު މެމްބަޝިޕް ފޯމް ހަވާލުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއެވެ.

ޔޫއްޕެ އެންމެ ފަހުން ހުރީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރެއްގެ ގޮތުގަ އެވެ. އެ ޕާޓީއަށް އޭނާ ސޮއިކުރީ މެއި 2023 ގައެވެ.

ޔޫއްޕެ މީގެ ކުރިން ވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފަ އެވެ.