މިދިޔަ އެމްޑީޕީ ވެރިކަމުގައި އެޗްޑީސީގެ ބިމާއި މުދަލާއި ހިދުމަތްތަކުން 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކުރަން ކަމާބެހޭ ފަރާތްތަކަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 2019 އިން 2023 އާ ދެމެދުގައި އެ ކޯޕަރޭޝަނުގެ މިލްކިއްޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާއަށް ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ އިދާރާތަކަށް އެ ކޯޕަރޭޝަނުން ހުށަހަޅަމުންދާ ކަމަށް ބުންޏެވެެ.
އެޗްޑީސީން ބުނި ގޮތުގައި އެ ހިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަނުގެ މުދަލުން ވައްކަން ކުރުމާއި ކޯޕަރޭޝަނުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ބިންތައް ކުއްޔަށް ދިނުން ފަދަ މައްސަލަތައް ހިމެނެ އެވެ. އަދި އެތަނުގެ އިޖުރާއަތްތަކާއި އުސޫލުން ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެހެންވެ، އެކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޯޕަރޭޝަނުން އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ.




ގުޅުންހުރި
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި
ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި