ޖަޕާނުގެ ވެރިކަންކުރާ ލިބެރަލް ޑިމޮކްރަޓްސް ޕާޓީ (އެލްޑީޕީ) އާ ލީޑަރުގެ މަގާމަށް ސަނައެ ތަކައިޗީ ހޮވައިފި އެވެ. އެއާއެކު އޭނާ ވެގެން ގޮސްފައިވަނީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ މަގާމު ހުސްވީ ސިޔާސީ ދާއިރާ އިން ލިބިވަޑައިގެންނެވި ނާކާމިޔާބީތަކާ ގުޅިގެން އެ މަގާމުގައި ހުންނެވި ޝިގެރު އިޝިބީ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 64 އަހަރުގެ ތަކައިޗީ، ބޮޑުވަޒީރު ކަމަށް އައްޔަންކުރުމާމެދު، ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގައި މި މަހުގެ 15 ވަނަ ދުވަހު ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
ނަމަވެސް ގާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތީ އެލްޑީޕީގެ ވެރިކަންކުރާ އިއްތިހާދަށް ކަމަށްވާތީ ބޮޑުވަޒީރުގެ މަގާމަށް ތަކައިޗީ އައްޔަން ކުރާނެ ކަމަށް ވަނީ ޔަގީންވެފަ އެވެ.
ތަކައިޗީ ވަނީ އިންޓަރެސްޓް ރޭޓު ކުޑަކޮށް، އިގުތިސާދުގައި ފައިދާ ދައުރުވާ މިންވަރު އިތުރުކުރުމުގެ ވިސްނުން ހިއްސާކުރައްވައިފަ އެވެ. އަދި ޖަޕާނުގައި ބިދޭސީންގެ އަދަދުތައް އިންތިހާއަށް އިތުރުވާތީ، އެކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތައް އެޅުއްވާނެ ކަމަށް ތަކައިޗީ ވައުދުވެވަޑައިގެންނެވި އެވެ.



