”ލޫޓުވައިފި ލޫޓުވައިފި“ ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާ އިން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
ރޭގެ މުޒާހަރާ އިން ފުލުހުން އަށް މީހުން ހައްޔަރު ކުރި ކަމަށް އެމްޑީޕީން ބުނި ނަމަވެސް ހައްޔަރުކުރި މީހުންގެ ތަފުސީލެއް ފުލުހުން އަދިވެސް ހާމައެއް ނުކުރެ އެވެ.
ފަނަރަ ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރުކުރި މީހުން:
- ޔައުގޫބު އަބްދުﷲ، ކުރީގެ މަޖިލިސް މެންބަރު
- ޔާސިރު އަބްދުﷲ، ކުރީގެ މަޖިލިސް މެންބަރު
- ހަސަން ސޮލާހް، މާފުށީ ކައުންސިލްގެ ރައީސް
- އަޒީމް އަލީ
- ހަސަން ޝާހިރު
މި މީހުން ބަންދުކުރަން އަމުރުކުރީ ކޮން ތުހުމަތެއްގައި ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަަމަށާއި އެކަން ކުރި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.



