ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ އަސާސީ ކާބޯތަކެތި މި މަހުގެ 15ގެ ފަހުން ބަޒާރަށް ނެރެން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސަރުކާރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު 23 ބާވަތެއް އިތުރުކޮށް، އެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހަވާލުކޮށްފައި ވަނީ އެސްޓީއޯ އާއެވެ.
އެ ކުންފުނިން މިއަދު ބުނީ މި މަހުގެ 15ގެ ކުރިން ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް ބާޒާރަށް ނެރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ތަކެއްޗަށް މިހާރު އޯޑަރު ދީފައިވާ ކަމަށްވެސް ބުންޏެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތަކުގެ ތެރޭގައި މުގު، ބިސް، އަލުވި، ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށީގެ އިތުރުން މޭވާއާއި ތަރުކާރީގެ 10 ބާވަތެއް ހިމެނެ އެވެ.
އެސްޓީއޯ އިން ވަނީ ކާބޯތަކެތި ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓުމަށް ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ގާއިމުކޮށްފަ އެވެ.



