މޯލްޑިވްސް ގޭހަށް 26 އަހަރު ފުރުން އެ ކުންފުނީގެ މުވައްޒަފުންނާއެކު ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
މޯލްޑިވް ގޭހަށް 26 ވަނަ އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އެ ކުންފުނީގެ މާލޭ ޔުނިޓުގައި ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ. ހެނދުނުގެ ނާސްތާ އާއެކު ބޭއްވި މި ހަފުލާގައި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެ، އަހަރީ ދުވަހުގެ ކޭކެއް ވަނީ ފަޅައިފަ އެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވަނީ ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ރާވާފައި ހުރިކަން ފާހަގަކުރައްވައިފަ އެވެ.
އެގޮތުން ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމަށް، އޮފީސް އިމާރާތެއް އެޅުމާއި ގޭހާއި ގުޅުން ހުރި އެކި ވަސީލަތްތައް ވިއްކާނެ ފިހާރައެއް ހުޅުވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވް ގޭހުގެ ފަރާތުން ތިލަފުށީގައި ލިކްއިޑް ނައިޓޮރޮޖަން އުފައްދައި، ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މޯލްޑިވްސް ގޭހަކީ ރާއްޖޭގައި ގޭހުގެ ބާޒާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ، ގިނަ ދުވަސްވީ ކުންފުންޏެކެވެ. 26 އަހަރު ދުވަހުގެ ދިގު ތާރީހެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސަލާމަތްތެރިކަމާއެކު ގޭހުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ބޮޑު ދައުރެއް އަދާކޮށްފައިވެ އެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް