އޮލިމްޕަހުގައި ހައުސްފުލް ކާމިޔާމިޔާބު ޝޯވްތަކަށްފަހު ’ކަނބުލޮ‘ ފިލްމު ހުޅުމާލެ ޝްވެކް ސިނަމާގައި އަޅުވަން ނިންމައިފި އެވެ.
ޝްވެކް ސިނަމާގައި ’ކަނބުލޮ‘ ދައްކަން ނިންމާފައިވަނީ މި މަހުގެ 9 އިން 16ގެ ނިޔަލަށެވެ. މި ޝޯތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. ޓިކެޓް ގަތުމަށް ވައިބާ ކުރަންޖެހޭނީ 7458800 އެވެ.
ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެ ކާމިޔާބު ދިވެހި ފިލްމު ’ކަމަނާ‘ އުފެއްދި ޓީމުން ހެދި ފިލްމު ’ކަނބުލޮ‘ އޮލިމްޕަހުގައި އެޅުވީ މިދިޔަ އޯގަސްޓް 31 ގައެވެ.
މި ފިލްމު އޮލިމްޕަހުގައި ހައުސްފުލް ޝޯތަކެއް ދެއްކުމުގެ އިތުރުން 100 އަށްވުރެ ގިނަ ރަށާއި ރިސޯޓުގައި އަޅުވާފައިވެ އެވެ. އަދި ލަންކާ އާއި ބެންކޮކްގައިވެސް ފިލްމު އެޅުވި އެވެ.
’ކަނބުލޮ‘ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ބެލުންތެރިން ސިފަކުރާ ގޮތުގައި މިއީ މި އަހަރު މިހާތަނަށް އެޅުވި އެންމެ މަގުބޫލު، އެންމެ ރީތި ފިލްމެވެ.



