މާލޭގައި މިރޭ ދެ ބިދޭސީ ފިރިހެނެއްގެ ދެމެދު މާރާމާރީއެއް ހިންގައި، އެކެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އަސުރުމާ ގޯޅީގައި ދެ މީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައުލޫމާތު މިރޭ 19:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިން ކަމަށެވެ. އަދި އެ ދެ މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ސޯޝަލް މީޑިއާގައި އެ މާރާމާރީގެ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި މާރާމާރީ ހިންގާފައިވަނީ އެމްޕީއެލްގެ ދެ މުވައްޒަފެއްގެ ދެމެދު އެވެ. އަދި މާރާމާރީ ހިންގި ސަރަހައްދުގައި ވެސް އެމްޕީއެލްގެ މުވައްޒަފުން ތިބި އިރު، އެކަން ހުއްޓުވަން އުޅުނީވެސް ބިދޭސީންނެވެ.
މި މާރާމާރީ ހިންގި ސަބަބެއް ފުލުހުން ނުބުނެ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި