އދ. އޮމަދޫ ކައިރި އޮންނަ ތިން ފަޅު، އެ ރަށުގެ ބައެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭ ގޮތުން އިގުތިސާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެ ފަދަ ތަރައްގީގެ މަސައްކަތްތައް ހިންގުމަށްޓަކައި އދ. ގައި އޮންނަ ކުޑަދޫފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1329 ފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1330 ފަޅަކީ، އެ ރަށުގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އޮމަދޫއަށް ތިން ފަޅު ދޭން ރައީސް ނިންމެވި އިރު، އެ މަނިކުފާނު މިހާރު ގެންދަވަނީ އދ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި ރައީސް މާދަމާ އޮމަދުއަށް ވަޑައިގަންނަވާނެ އެވެ.



