ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި ހަތަރު މީހުން އިއްޔެ ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ.އެތުމާ/ އަލީ އަޝްރަފް، 35އ، ގދ. ވާދޫ/ ޕެރިސް، ލުހާން ސައީދު، 41އ، ގެ އިތުރުން މަޝްހޫރު ހޯސްޓް، ވ. ރަކީދޫ/ ސިލްވާ ވިލާ، ނާފިއު ރަޝީދު (ނާއްޕެ) 39އ، އަދި ހ. ފިނިކުރި އިބްރާހިމް ޝިނާން އަހުމަދު، 33އ އެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއްގެ ތެރެއިން ކަމަށެވެ. އެ އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނުނު ކަމަށާއި ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ އިން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޕޮޒިޓިވްވީ ކޮން ވައްތަރެއްގެ މަސްތުވާތަކެއްޗަކަށް ކަމެއް އަދި އެޕާޓްމަންޓުން ފެނުނީ ކޮން ވައްތަރެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި އޭގެ ބަރުދަނެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި 17 އަހަރުގެ ދެ އަންހެން ކުއްޖަކާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ހައްޔަރުކުރި މީހުންނާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް ކޯޓުން ތިން ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި