މެކްސިކޯއަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 28 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މެކްސިކޯއަށް ހުއްޓުމެއް ނެތި ބޯކޮން ވެހެމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އެ ގައުމުގެ ކޯރުތައް ފުރި ވަނީ ބަންޑުންވެފަ އެވެ. މި ހާދިސާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ އިރުމަތީ މެކްސިކޯގައި އޮންނަ ހިޑަލްގޯއަށެވެ. އެ އަވަށުން 16 މީހަކު މަރުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ވިއްސާރާގައި ގެތަކާއި ހައިވޭތަކުގެ އިތުރުން މުހިންމު ބިނާތަކަށް ވަނީ ގެއްލުންވެފަ އެވެ. އެގޮތުން 1000 ގެއަކާއި ކްލިނިކަލްތައް ހިމެނޭހެން 59 ހޮސްޕިޓަލަކަށާއި 308 ސްކޫލަށް މި ވިއްސާރާގައި އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށާއި މަގުތައް ސާފުކޮށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް މެކްސިކޯގެ ސަރުކާރުން ވަނީ 5.400 މީހުން ނެރެފަ އެވެ. އަދި މީހުން ސަލާމަތްކުރުމުގައި 3،300 އަސްކަރީ ސިފައިންގެ ޓީމެއްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!