ފިލިޕީންސް އަށް އިއްޔެ އައި ބާރުގަދަ ދެ ބިންހެލުމަށްފަހު މިއަދުވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުން ފިލިޕީންސްގެ ދެކުނު އައްސޭރި ފަށަށް މިއަދު އައިސްފައިވަނީ 6.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. ބިންހެލުން އައީ ބިމުގެ 59 ކިލޯމީޓަރު އަޑިއަށެވެ.
މި ބިންހެލުމާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައި ނެތް ނަމަވެސް ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
”ބިންހެލުން އައީ ގާތްގަނޑަކަށް 30 ސިކުންތަށް. އެކަމަކު ބިންހެލުން އައި ކުއްލިއަކަށް އަދި ވަރަށް ބާރުގަދަކޮށް. އަހަރެމެންގެ ފަޔާ ސްޓޭޝަންގެ ބަދިގޭގައި ހުރި ތެލިތައްވެސް ވެއްޓުނު,“ އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ކަގްވެއިޓް ފަޔާ އޮފިސަރު އާނެލް ބެސިންގާ ބުނެފައިވެ އެވެ.
ފިލިޕީންސްއަށް މިދިޔަ ހުކުރު ދުވަހު ވަނީ 6.7 އަދި 7.4 މެގްނިޓިއުޑްގެ ބާރުގަދަ ދެ ބިންހެލުން އައިސްފަ އެވެ. އެ ދެ ބިންހެލުންވެސް އައިސްފައިވަނީ މެނޭ ޓައުންއަށެވެ. އެ ދެ ބިންހެލުމުގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!