މަޑަގަސްކަރައިގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ވެރިރަށް އަންޓަނަނަރީވޯގައި ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތަކުގައި ސިފައިން ބައިވެރިވެއްޖެ އެވެ.
މަޑަގަސްކަރައިގެ ޒުވާނުން އިސްނަގައިގެން އެ ގައުމުގެ ރައީސް އެންޑްރީ ރަޖޯލީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ މީހުން ވެރިރަށުގައި ހުންނަ މޭ 13 ސްކޮއެއާއަށް ޖަމާވީ އިއްޔެ އެވެ.
އެތަނަށް މުޒާހަރާގެ ބައިވެރިން އެއްވުމުން ފުލުހުން ވަނީ ސްޓަން ގްރެނޭޑާއި ކަރުނަ ގޭސް ޖަހައި މުޒާހަރާ ރޫޅާލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެތަނަށް ސިފައިން އައުމުން މުޒާހަރާގެ ބައިވެރިން ވަނީ އެކަމާ އުފާ ފާޅުކޮށްފަ އެވެ. ނަމަވެސް މުޒާހަރާތަކާ ގުޅުނީ ކިތައް ސިފައިން ކަމެއް އަދި ސާފެއް ނުވެ އެވެ.
ސިފައިން މުޒާހަރާއާ ގުޅުމުގެ ކުރިން އަންޓަނަނަރީވޯގެ ބޭރުގައި ތިބި އެލިޓް ކެޕްސަޓް ޔުނިޓުގެ ސިފައިން ވަނީ މުޒާހަރާގެ ބައިވެރިން ރައީސްގެ އިސްތިއުފާއަށް ގޮވާތީ އެއްބައިވަންތަވުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ވީޑިއޯއެއް ޕޯސްޓް ކޮށްފަ އެވެ.
”އަހަރެމެންގެ އެކުވެރިންނާއި ބޭބެމެންނާއި ދައްތަމެންގެ ގަޔަށް ބަޑި ޖަހަން ދޭ ފައިސާގައި ނުޖެހި, އަސްކަރީ ފައުޖުތަކާއި ސިފައިން ގުޅުމަށް ދައުވަތު ދެން. ގޭޓުތައް ލައްޕައި އަހަރެމެންގެ އިރުޝާދަށް މަޑުކުރޭ. ބޮޑުން ކުރާ އަމުރުތަކަށް ތަބާނުވޭ,“ ވީޑިއޯ މެސެޖުގައި ގޮވާލާފައިވެ އެވެ.
ކެޕްސަޓް ޔުނިޓަކީ ރަޖޯލީނާއަށް 2009 ވަނަ އަހަރު ވެރިކަން ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކުރި ޔުނިޓެކެވެ.




ގުޅުންހުރި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15
ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200