ދިރިއުޅުމުގައި ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް އިސްލާމް ދީނުގައި އަންގަވާފައިވާ އަޅުކަންތައް ކުރުމުގައި ވަގުތު އޮންނަންޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ ގުރުއާން މުބާޜާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ކީރިތި ޤުރުއާން ރީތިކޮށް ކިޔެވުމަކީ ފަހުރުވެރިވާ ކަމަކަށް ހަދަން މަސައްކަތް ކުރަންޖެހޭ ކަމަށާއި ހަމަ އެގޮތަށް ދިވެހިންގެ ތެރޭގައި ކުރީގައި ހުރި ރީތި އާދަތައް އަނބުރާ ގެންނަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މަޢްރިބު ނަމާދަށްފަހު އިޝާ ނަމާދާ ދޭތެރޭގައި މިސްކިތްތަކާއި މައިންބަފައިންނާއި ކުދިންނާއި ގުރުއާން ކިޔެވުމުގައި ޝާމިލުވެ އުޅުމެވެ. ރައީސް ވިދާޅުވީ, އެކި ކަންކަމުގެ ތެރެއިން އެ އާދަ ނެތިގެން ގޮސްފި ކަމަށާއި ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
”ވަގުތަކީ ވަރަށް ކުޑަ އެއްޗެއް. އެންމެންވެސް ވަރަށް ބިޒީ. އެކި ކަންކަމުގައި. އާމްދަނީ ހޯދަން, ކުދިންނަށް ކިޔަވައިދޭން, ނޫނީވިއްޔާ ކުޅިވަރު ކުޅުން. ދެން ކިޔާނެ ކަމެއްނެތް. އެކި ކަންކަމުގައި ބިޒީ. އެހެންނަމަވެސް, އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަމުގައި ވަގުތު އޮންނަންޖެހޭނެ. އެއީ, އިސްލާމްދީނުގައި އަންގަވާފައިވާ އަޅުކަންތައް ކުރުމުގައި. ޤުރުއާން ކިޔެވުމުގައި. މިހެންގޮސް އިސްލާމްދީނުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިވާ ކަންކަމަކީ ވަގުތު ނެތިގެންގޮސް, ފަހަގަތަށްގޮސް, އެކަންކަމަށް ފަރުވާކުޑަކުރާ ކަންކަމަށް ވެއްޖިއްޔާ, މި ގައުމުގައި އަޅުގަނޑުމެންގެ މި މުޖުތަމައުގެ ތެރޭގައި އުފާފާގަތިކަމެއް, އަމާންކަމެއް ނޯންނާނެ,“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, އެ މަނިކުފާނު ރާއްޖޭގައި ދެކެން ބޭނުންވާ ތަރައްގީއަކީ މާނަހުރި, މާނަފުން, ވަށައިޖެހޭ ތަރައްގީ ކަމަށެވެ. އިމާރާތްތައް ހެދިދާނެ ކަމަށާއި ނަމަވެސް ހިތުގެ ތެރޭގައި ބިންވަޅުނެގި, އެ ބިންވަޅުގެ މައްޗަށް އަމަލުތައް ބައްޓަންކުރާ ގޮތް ވަރުގަދަ ނުކުރެވޭނަމަ އެ އިމާރާތެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.




1 Comment
ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް