ނޮވެމްބަރ 28, 2025

މާލެ ވަޑައިގެންނެވިތާ ހަފުތާއެއް ނުވެ ރައީސް އަނެއްކާވެސް އަތޮޅުތެރެއަށް

ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި، ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

6 Comments

  • Waldo Mohamed އޮކްޓޯބަރ 13, 2025

    eyahvure amilla edhun boduveema vaany ehen
    thee bodu museebaatheh
    gaimu geyga onnanama kameh nuvaathanuga rf israafeh dhaulathun nuvees

  • Maryam Yumna އޮކްޓޯބަރ 13, 2025

    Rayyithunnkairiah dhiyun aee raeesku viyya kuran jehey kameh maa bodu kamakah hadhaafaa kiyaakah nujehey

  • Ahmed Shujaau އޮކްޓޯބަރ 13, 2025

    Salaan jahan

  • Mohamed Waheed އޮކްޓޯބަރ 13, 2025

    gaathun dheyn vegen

  • Ammadey Abraham އޮކްޓޯބަރ 13, 2025

    Vote hoadhan rahyyithun kaireega dhogu vaudhu vaan enoon konkameh

  • Haneef Ali އޮކްޓޯބަރ 13, 2025

    Fini Kota ree Ga thibe nee yaameenu Kahala kahneh meehun raees Dr mueezu akee hulgu.heo heevaagi befuleh

Leave a Reply