އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ, އެލައިޑް ތަކާފުލް އިން ”ފަޔާ ތަކާފުލް“ މިއަދުން ފެށިގެން އޮންލައިންކޮށް ނެގޭނެ ގޮތް ހަމަޖައްސައިފި އެވެ.
އެލައިޑުން ބުނީ, އެ ކުންފުނީގެ އޮންލައިން ޕްލެޓްފޯމް ”މައިއެލައިޑް“ މެދުވެރިކޮށް ”ފަޔާ ތަކާފުލް“ ނެގޭނެ ގޮތް ހަމަޖެހުމުން އެ ޕްލޭން ނަގަން ބޭނުންވާ ފަރާތްތަކަށް, އޮންލައިންކޮށް, އަވަހަށް, ފަސޭހައިން އަދި އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ނުޖެހި ހިދުމަތް ލިބޭނެ ކަމަށެވެ.
”ފަޔާ ތަކާފުލް“ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.
މި ޕްލޭނުން އަލިފާނުގެ ހާދިސާ އިން ލިބޭ ގެއްލުމުންނާއި ގުދުރަތީ ކާރިސާތަކުން މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން އެ ނޫންވެސް އިތުރު ސަބަބުތަކާހުރެ ލިބިދާނެ މާލީ ގެއްލުމުން ރައްކާތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ނުރައްކާތަކުގެ ތެރޭގައި ހަމަނުޖެހުންތަކާއި މުޒާހަރާތަކުން މުދަލަށް ލިބޭ ގެއްލުން, ފެންޓޭކު ނުވަތަ ފެން ހޮޅިއެއް ފަޅައިގެން ދިއުން ނުވަތަ ވައްކަމުގެ ހާދިސާއިން ލިބޭ ގެއްލުންތައްވެސް މި ޕްލޭންގެ ތެރެއިން ރައްކާތެރިކޮށްދެ އެވެ.
އެގޮތުން މި ޕްލޭން އާއެކު ބޭކަރީތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތަކާއި ސެލޫންތަކާއި ވޯކްޝޮޕްތަކާއި ގުދުންތަކާއި ޑައިވް ސެންޓަރުތަކާ އަދި އެނޫންވެސް ކުދި ވިޔަފާރިތަކަށް އެ ވިޔަފާރިއަކަށް ހާއްސަކޮށް ކަސްޓަމައިޒް ކޮށްގެން, އަވަހަށް އަދި ހެޔޮ އަގެއްގައި ރައްކާތެރިކަން ލިބިގަނެވޭނެއެވެ.
އެލައިޑުން ބުނީ, އެލައިޑް ތަކާފުލްގެ އަމާޒަކީ ރާއްޖެގެ އެކިކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މާލީ ރައްކާތެރިކަން ހޯދައިދީ ކުރިއަށްވުރެ ފަސޭހަކޮށްދީ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އަތްފޯރާ ފަށަށް ހިދުމަތް ގެނެސްދިނުން ކަމަށެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
މޯލްޑިވްސް މެރިން އެކްސްޕޯގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް
އެލައިޑްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި