އުތުރުގެ ރަށެއްގެ ސްކޫލެއްގައި ދަރިވަރެއްގެ ގައިގައި އަތްލި ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އުތުރުގެ ރަށެއްގެ ސްކޫލު ދަރިވަރެއްގެ ގައިގައި ޓީޗަަރަކު އަތްލައި، ދަރިވަރަކާ ދައްކަން ނުޖެހޭފަދަ ވާހަކަތައް ދެއްކުމުގެ އިތުރުން ދަރިވަރަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ 54 އަހަރުގެ މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ވެސް އުތުރުގެ ރަށެއްގެ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލައެއް ވެސް މިމަހުގެ 15 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ވެސް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި އެ ޓީޗަރު މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.



ގުޅުންހުރި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި