ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ، މާދަމާ ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު މާދަމާ ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންފަންޓީނޯގެ މި ދަތުރުގެ ތެރެއިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ އަދި ދަތުރުގެ ޝަރަފުގައި ބާއްވާ ފުޓްބޯޅަ މެޗެއްގައި އިންފަންޓީނޯ އާއި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ބުންޏެވެ.
މި މެޗު އޮންނާނީ މާދަމާ ހަވީރު 4:00 އިން 6:000 ނޭޝަނަލް ސްޓޭޑިއަމްގައެވެ. މި ހަރަކާތުގައި ރާއްޖޭގެ ޔޫތު ޓީމުތަކާއި އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވެ އެވެ.
އެފްއޭއެމް އިން ވަނީ ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކުން މާދަމާ މެޗުތައް ބެލުމަށް ދަނޑަށް ދިއުމަށް އެދިފަ އެވެ.
އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ. މިއީ 19 އަހަރަށްފަހު ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.



ގުޅުންހުރި
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި