ދަރިފުޅަށް އަނިޔާކުރާ ކަމަށް ރިޕޯޓުކުރުމުން، ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު)ގެ ގެއަށް ވަން އިރު، އޭނާގެ ދަރިއެއް ނުހުންނަކަން އެނގިއްޖެއެވެ.
މައީޝާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިނިސްޓްރީން މިއަދު އޭނާގެ ދައްތައަށް ގުޅައި، މައީޝާ އޭނާގެ ދެ އަހަރުގެ ދަރިފުޅަށް އިހުމާލުވަމުންދާތީ ދަރިފުޅު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީއަށް އެ ރިޕޯޓް ދީފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ކަމަށާއި މިނިސްޓްރީން ދައްތައަށް ގުޅުމުން، އެކަން ސާފުކޮށްދިނުމަށް ފަހުން މިނިސްޓްރީއަށް އޭނާ ގުޅުމުން ފޯނު ނަގާފައި ނުވާ ކަމަށް މައީޝާ ބުންޏެވެ.
”އެފަހުން އަޅުގަނޑަށް ލިބުނީ ދައްތަގެ ފަރާތުން ފޯން ކޯލެއް، އެ މީހުން (މިނިސްޓްރީ) މީހުން ގޭގައި ތަހުގީގުކުރަން އައިސް ތިބި ކަމަށް،“ މައީޝާ ބުންޏެވެ.
މައީޝާ ބުނީ އޭނާގެ ދަރިއެއް ނުހުންނަ ކަމަށާއި އެއީ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ގުޅުންހުރި
ފެމިލީ މިނިސްޓްރީގައި 26 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 868،500 ރުފިޔާ!