ޑިސެމްބަރ 8, 2025

ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް

ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް ހަވާލުކޮށްފިއެވެ.

އެ ބިން ހަވާލުކުރުމަށް އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ.

އެ އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި މަސް ބަންދު ކުރާ ފެސިލިޓީއެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ އެއްބަސްވުމަކީ ދިވެހި މަސްވެރިންނަށް އެކަށޭނަ އަގުތަކެއް ހޯދައިދިނުމާއި، ކަންނެލި މަސްވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފެށިގެންދާނެ މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން ގާއިމުކުރާ އެ ފެސިލިޓީގައި، ކަންނެލި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސް ޕެކޭޖްކުރުމާއި، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ.

އެޗްޑީސީން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރި އެ ބިމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

2 Comments

  • Rameez Eez އޮކްޓޯބަރ 23, 2025

    ކަންނެލި މަސްވެރިކަން އެއްގަމުގައި ކުރާގޮތައް ބަދަލުކުރަނީތަ

  • އަޙުމަދު ޢާދިލް އޮކްޓޯބަރ 24, 2025

    Ehgamun kanneli baaananbaaa Mi ulheneee Nizam Nizaa ?

Leave a Reply